ޚަބަރު
ޝެއިޙް ނިޝާން އާއި ފަޒްލޫންވެސް ހައްޔަރުކޮށްފި
ޔޫތް މިނިސްޓްރީއާއި އިންޑިއާ ހައިކޮމިޝަން އަދި އިންޑިއަން ކަލްޗަރަލް ސެންޓަރ ގުޅިގެން ކުރިއަށްގެންދިޔަ ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވުމުގެ ތުހުމަތުގައި ޝެއިޙް ނިޝާން އާއި ފަޒްލޫން ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޝެއިޙް ނިޝާން އާއި ފަޒްލޫން ހައްޔަރުކުރީ ޔޯގާ ހުއްޓުވުމުގެ މައްސަލައިގެ ތުހުމަތުގައި، ތަހްގީގުކުރުމަށް ކޯޓު އަމުރާއެކު އައި މޫނު ނިވާކޮށްގެން ތިބި ފުލުހުންގެ ޓީމަކުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޝެއިޙް ނިޝާން އާއި ފަލްލޫންވެސް ހައްޔަރަށް ދެކޮޅު ހަދާފައިނުވާއިރު، ދެމީހުންވެސް ހައްޔަރަށް ގެންދެވުނީ ފަހަތަށް ބިޑި އަޅުވައިގެންނެވެ.
މި މައްސަލައިގައި މިހާތަނަށް ޖުމްލަ 10 މީހުން ހައްޔަރުކޮށްފައިވާރު، 4 މީހެއްގެ ބަންދަށް ވަނީ 60 ދުވަސް ޖަހާފައެވެ. އަދި އިތުރު ދެމީހެއްގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައެވެ.
vara ragalhu numume
Gaanoonee Barru higanvaane
Mi beyfulha akee divehi mujutamaaai nugulhey kanthaka hivaro dey meehekan enmena igey
ހިންނަވަރު އިބުރޭއަށް ވަރަށް ސަލާން. ކޮންމެ ފިޔަވަޅެއްވެސް ތިޔަ އަޅަނީ ތިން ފިޔަވަޅި ފަހަތައް.